ކީރިތި ގުރުއާން މަޖުބޫރު މާއްދާއަކަށް ހަދަން މަޖިލީހަށް ހުށައެޅުމަކީ ގިނަމެމްބަރުންތަކެއްގެ ލާދީނީކަން ހާމަވެގެންދާނެ ކަމެއް.

.މި ލިއުމަކީ ރާއްޖެއިސްލާމްއިން ނަގާފައިވާ ލިޔުމެކެވެ
ފަށާ ތައުލީމާއި ސާނަވީ ތައުލީމުގެ މަރުހަލާގައި ކީރިތި ގުރުއާނަކީ މަޖުބޫރު މާއްދާއެއްކަމަށް ގައުމީ މަންހަޖުގައި ކަނޑައެޅިފައި
 އޮންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ކަމަށް ކަނޑައަޅައި ދިނުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅީ ޑރ. އަފްރާޝީމް އަލީ އެވެ. މަޖިލީހަށް ގަރާރު ހުށަހަޅަމުން ޑރ. އަފްރާޝީމް ބުނީ ގައުމީ މަންހަޖުގައި ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮންނަންޖެހެނީ ކީރިތި ގުރުއާނަށް ދިވެހި ދަރިން އަހުލުވެރިކޮށް، އެ ޢިލްމު މުޖުތަމައުއަށް ފެތުރުމަށް ކަމަށެވެ. އަދި ގުރުއާން ކިޔެވުމުގައި ތަޖުވީދުގެ ހަމަތަކުގެ ފަންނަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކިތަންމެ ނުބައި ނުލަފާ މީހަކުވެސް ހެޔޮ ކަމެއްކޮށްފިއްޔާ ވާނީ ހެޔޮކަމަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ “ޢިއްޒަތްތެރި” މެމްބަރުންގެ ދީނީ ޢަޤީދާއަކީ މިހާރު ދިވެހިންނަށް އޮޅިފައިވާނެ ކަމެއްނޫނެވެ. ދީނަށް ފައިދާވާނެ ބިލެއް މީހަކު ހުށައަޅައިފިއްޔާ އެބިލަށް ވެގެންދާގޮތް މާޒީގައި ވަނީ ފެނިފައެވެ. ﷲ ފަރުޟުކުރައްވާފައިވާ ޤިޞާޞްއާއި ދެކޮޅަށް ގިނަމެމްބަރުންތަކެއްވަނީ ވާހަކަދައްކައި، މުރުތައްދުވެގެން ގޮސްފައެވެ. މިފަދައިން އިސްލާމްދީނަށް ނިސްބަތްކޮށް އެތައް މަލާމާތަކާއި އެތައް ފުރައްސާރައެއް ފާއިތުވީ އަހަރުވެސް ފެނިފައިވެއެވެ.

މިފަހަރު މިއޮތީ ﷲ ގެ ކަލާމްފުޅާއިގުޅޭގޮތުން ވާހަކަ ދައްކަން ޖެހިފައެވެ. ޔަޤީންކުރެވޭ ގޮތުގައި މިކަމާއިދެކޮޅަށްވެސް “ޢިއްޒަތްތެރި މެމްބަރުން” އަޑު އުފުލައި، އެބައިމީހުންގެ ލާދީނީކަން ހާމަވެގެންދާނެއެވެ. ބަލަންތިބޭށެވެ.

Popular Posts